ގަލޮޅުގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ގަލޮޅުގެ ފާށަނާ ކިލެގެ މަގާއި، މަޖީދީމަގު އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިގަޑިތައް މިހެން ބަޔާންކޮށްފައިވީނަމަވެސް، މި މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށާއި ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ވެސް ބުނެފައިވެއެވެ.