އދ. ހަންޏާމީދޫގެ ލޯ-ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

މި ބާރުމިނުގައި މިމަސައްކަތްކޮށް ފެބުރުއަރީގެ ނިޔަލަށް ނިންމާލަން ހަމަޖެހިފައިވާ ކަމަށް ވެސް އެކުންފުނީން ވިދާޅުވެފައިވެއެވެ. މި މަސައްކަތުގައި 2950 މީޓަރުގެ ކޭބަލް ވަޅުލުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ސްޓެލްކޯއަކީ މިފަދަ މަސައްކަތުގެ ތަޖުރިބާ އިންތިހާއަށް ލިބިފައިވާ ވަރުގަދަ ކުންފުންޏެކެވެ. ޚިދުމަތުގައި 70 އަހަރުގެ މާޒީއެއް އޮތް މިކުންފުނީން ވަނީ ޖަނަރޭޓަރު އެސެމްބަލްކުރަން ވެސް ފަށައިފައެވެ. އެ ކުންފުނީން ފުރަތަމަ އެސެމްބަލްކުރި ޖަނަރޭޓަރުސެޓް ފޮނުވީ ވެސް ހަންޏާމީދޫއަށެވެ.