ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހޯދާ ދަރިވަރުންނަށް ދޫކުރަން ނިންމާފައިވާ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މި ފަހަރު ލޯނު ދޫކުރަން ނިންމާފައި ވަނީ 720 ދަރިވަރަކަށެވެ. މި ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 3 އާ ހަމައަށް އޮންނާނެ އެވެ. ލޯނަށް އެދި ފޯމު ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ފަހަރު ލޯން ދޫކުރާ ސްކީމުގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ގޮތުގައި ބަލާނީ ޖެނުއަރީ 1، 2022 ގެ ފަހުން ކިޔަވަން ފަށާ ދަރިވަރުންނާއި އެ ތާރީހުން ފެށިގެން މިހާރު ކިޔަވަމުންދާ ދަރިވަރުންނެވެ