އިންޑިއާ އައުޓު ގޮވާއިރު އައުޓުކުރަންވީ އެއްޗެއް އެނގިވަޑައިނުގަންވާ ކަމަށް މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވުމުން އައުޓު ކުރަންވީ ކޯއްޗެއްކަން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއް ދެއްވައިފިއެވެ.

އުމަރު ވިދާޅުވެފައި ވަނީ ރާއްޖެއިން އައުޓުކުރަންވީ އިންޑިއާ ސިފައިންނާއި އެމީހުންގެ އުޅަނދުތައް ކަމަށެވެ. "ވާންވީ ގޮތަކީ އިންޑިޔާ ސިފައިން އެމީހުންގެ އުޅަދު ތަކާއެކު އަބުރާ ދާންވީ،" އޭނާ ވިދާޅުވެފައިވެއެވެ. އުމަރު ވިދާޅުވެފައިވަނީ އިންޑިއާ ސިފައިން ރާއްޖެއަށް އައިސްފައިވަނީ ހެލިކޮޕްޓަރެއް ހަދިޔާ ކުރުމުގެ ނަމުގައި ކަމަށެވެ. އެފަހުން މިހާރު އައިބަޔަކު 12 އަހަރުވާއިރު އެކިއެކި ބަހަނާ ދައްކައިގެން ނުގޮސްތިބެ، ރާއްޖޭގެ އެކިކަންކޮޅަށް އެމީހުންގެ ހަރަކާތްފުޅާ ކުރާ މަންޒަރު ފެންނަމުންދާ ކަމަށެވެ. "މީގެ ސަބަބުން ނިކުންނާނެ ނުބައި ނަތީޖާ ނޭގޭ ދިވެއްސަކު ނެތް. މި ރާއްޖޭގައި އިންޑިޔާގެ ރައްޔިތުންތިބެގެން ދިވެހިން ރުޅިއައިސްގެންނެތް ނޫޅޭ. ރުޅިއައިސްގެން އުޅެނީ އިންޑިޔާ ސިފައިން ތިބެގެން،" އުމަރު ވިދާޅުވިއެވެ.

ޕޮލިސްކޮމިޝަނަރ އަހުމަދު ހަމީދު ވެސް ވިދާޅުވެފައިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ވާނޭ އެއްވެސް ގެއްލުމެއްނެތް ކަމަށެވެ.