އެސްޓީއޯ ރަމްޟާން ބާޒާރު މިއަދު ފަށައިފިއެވެ. ބާޒާރު ކުރިއަށް ދާނީ ފެބްރުއަރީ ދިހަ ވަނަ ދުވަހުން ފެށިގެން 30 އޭޕްރިލް 2022 ގެ ނިޔަލަށް ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއްވިއެވެ.

އެސްޓީއޯ ރަމަޟާން ބަޒާރު ސޭލަކީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލް އެއް ސޭލް އެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައިވެސް ހިތްގައިމު ޑިސްކައުންޓް ތަކެއް އެކުލެވިގެންވެއެވެ. މި ސޭލް ކުރިއަށް ދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އާއި އެސްޓީއޯގެ ރީޖަނަލް ފިހާރަ ތަކުގައެވެ.

އެހެން އަހަރު ތަކާ ޚިލާފަށް، 2022 ވަނަ އަހަރުގެ ރަމަޟާން ބާޒާރު ގައި އެސްޓީއޯއިން ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަން ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ.

ބާޒާރުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ޑިސްކައުންޓް އަދި އޮފާ ތަކުގެ ތަފްސީލް:

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ ހޯމްއިމްޕްރޫވްމަންޓް މުދަލުން %40 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

ކޮންމެ 1000ރ (އެއްހާސް ރުފިޔާ) ގެ ވިޔަފާރިޔަކަށް ކޫޕަނެއް ލިބޭ މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓް ތަކުން ކޮންމެ ހަފްތާއަކު އެއް ނަސީބުވެރި ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ގްރޭންޑް ވިނަރ

މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި އެއް ފަރާތަށް ތުރުކީވިލާތުގެ ދެކޮޅު ޓިކެޓް ދެމީހަކަށް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. އަދި މީގެ އިތުރުން ދަތުރުގެ އެލަވެންސްގެ ގޮތުގައި 1000 ޑޮލަރު ދިނުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ.

އިތުރު އިނާމްތައް

މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި 10 ފަރާތަކަށް އަގުހުރި އިނާމްތަކެއް ލިބިގެންދާނެ.

2022 ވަނަ އަހަރުގެ ރަމަޒާން ބަޒާރުގައި އެސްޓީއޯއިން ވަނީ މުޅިން އަލަށް ޑިޖިޓަލް ކޫޕަން ތައާރަފް ކޮށްފައެވެ. އެސްޓީއޯގެ އަމާޒަކީ ކުންފުނީގެ އޮޕަރޭޝަން ތަކުގައި ކަރުދާސް ބޭނުން ކުރުން ވީހާވެސް މަދުކޮށް ތިމާވެއްޓާ ރައްޓެހި ގޮތްގޮތަށް ކުންފުނީގެ އޮޕަރޭޝަންސް ބައްޓަން ކުރުން ކަމަށް އެކުންފުނީން ވިދާޅުވިއެވެ.

އެސްޓީއޯ ސުޕަރމާޓްގައި ރަމަޒާން ބާޒާރު ސޭލް ފަށާނީ މާރިޗު މަހުގައި ކަމަށް އެކުންފުނީން ވިދާޅުވިއެވެ.