ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަޕްގްރޭޑުު ކުރުމަށް މިހާރު ހިންގާ މަޝްރޫގެ ބޮޑުބައެއް ނިމި ބާކީ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްތީސީން ވިދާޅުވެފައިވަނީ އެ މަޝްރޫއުގެ މަސައްކަތުގެ 82 ޕަސެންޓް މިހާރު ވަނީ ނިމިފައި ކަމަށެވެ. އެގޮތުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ 99 ޕަސެންޓް މަސައްކަތް ވެސް ނިމިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، އޯޕީޑީ އިމާރާތެއް އެޅުމާއި، ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމާއި، އިމަރޖެންސީ ރޫމް އިމާރާތް ރެނޮވޭޓް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 33.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.