ނައިރޯބީ އިންޓަނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލަށް ދިއުމަށް ސައުދީ ޓެނިސް ކުޅުންތެރިޔާ ޔާރާ އަލްހަޤްބާނީ ކާމިޔާބު ކޮށްފައި ވަނީ އިސްރާއީލުގެ ކުޅުންތެރިޔާ ރެނީ ނިކިޝޯވް އާއެކު ކުޅެ، ސީދާ ދެ ސެޓުން އޭނާ ބަލިކޮށްގެންނެވެ.

އަލްހަޤްބާނީ ވަނީ ފުރަތަމަ ބުރުގައި ކެންޔާގެ އެލީޝިއާ އޯގީއާ ދެކޮޅަށް ހޯދި ކާމިޔާބީއާއެކު ބައިނަލްއަގްވާމީ މައިދާނުގައި އޭނާގެ ކުޅަދާނަކަން ސާބިތުކޮށްދީފައެވެ. ދެ ވަނަ ބުރުގައި ރޫމޭނިއާގެ މާޔާ ވިސާން ބަލި ކުރީ (6-1، 6-2) ންނެވެ.

އޭނާ އިޒްރޭލުގެ ނިކިޝޯވް ބަލި ކުރީ 6-0، 6-2 ން ނެވެ.

ސައޫދީ ޓެނިސް ކުޅުންތެރިޔާ އަލްހަޤްބާނީ ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ އިނގިރޭސި ކުޅުންތެރިޔާ ޖާޑީ ކޯލްއާއެވެ.

ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިންގެ ރޭންކިންއަށް ބަލާއިރު އަލްހަޤްބާނީ އޮތީ ދުނިޔޭގެ 767 ވަނައިގައެވެ.

2004 ވަނަ އަހަރު އުފަންވި އަލްހަޤްބާނީ ވަނީ އުމުރުން އެންމެ ޅަ އުމުރުގައި ޕްރޮފެޝަނަލް ކުޅުންތެރިޔަކަށް ވެ، ދުނިޔޭގެ އެކި މުބާރާތްތަކުގައި ސައުދީ އަރަބިއްޔާ ތަމްސީލުކޮށްފައެވެ.