ބައެއް ގޭގެއަށް ވަނުމުން، އެގޭގޭތެރެއިން ދުވާ މީރުވަހުން ހިތް ފުރިގެންދެއެވެ. އަދިއެގޭގައި މުޅި ޙަޔާތް ހޭދަކޮށްލެވޭފަދަ އިޙުސާސެއް ވެއެވެ. ފިކުރުތަކާއި ހިތް ނުތަވަސްކުރާ ޚިޔާލުތަކުން ދުރުކޮށް މިޒާޖަށް އުފާވެރިކަން ގެނެސްދެއެވެ. މިއާއެކު ހިތުގައި އުފެދޭ ސުވާލަކީ އެފަދަ މީރުވަހެއް ގޭގައި ދަމަހައްޓާނީ ކިހިނެއް ހެއްޔެވެ؟

މިޒަމާނުގައި މިކަންކުރާ އާންމު ގޮތަކީ މީރުވަސްދުވާ ސްޕްރޭއެއް ޖެހުން ނުވަތަ މީރުވަސްދުވާ އުއްބައްތިއެއް ދިއްލާފައި ބެހެއްޓުމެވެ.

މީރުވަސްދުއްވަން ގެންގުޅޭ ސްޕްރޭ އަކީ، ގިނަފަހަރަށް ޞިއްޙަތަށް އެންމެ ރަނަގަޅު ތަކެއްޗަކަށް ނުވެއެވެ. ސަބަބަކީ މި ސްޕްރޭތައް ތައްޔާރުކުރުމަށް ބޭނުންކުރާ ބައެއް ބާވަތްތަކުގެ ކެމިކަލްގެ ސަބަބުން ފުއްޕާމެއަށް ގެއްލުންވުމެވެ. މިހެންކަމަށްވާނަމަ، ދެން ބޭނުންކުރާނީ ނުވަތަ ހަދާނީ ކިހިނެއްހެއްޔެވެ!

މި ސުވާލުގެ ޖަވާބު ވަރަށް ފަސޭހައެވެ. އެއީ ގުދުރަތީ ވަޞީލަތްތައް ބޭނުންކޮށްގެން ގޭތެރެއިން މީރުވަސް ދުއްވުމެވެ. މިކަން ކުރުމަށް ބޭނުންވަނީ ވަރަށް އާދައިގެ ދެތިން އެއްޗެކެވެ. އެއީ ލުނބޮޔަކާއި ކަރަންފޫ އަދި ފޮނި ތޮށިކޮޅަކާއި ވެނީލާ އެސެންސް ބޭނުންކޮށްގެން މުޅި ދުވަހު ގޭތެރޭގައި މީރުވަސް ދެމެހެއްޓިދާނެއެވެ. ކުރަންވީކަމަކީ 2 އިންޗީގެ 2 ފޮނިތޮށި ކޮޅާއި، 20 ކަރަންފޫ އަދި ވެނީލާ އެސެންސް ސަމުސަލަކާއި، ލުނބޮއެއް ފޮތިތިފޮތިކޮށްފައި 3 ޖޯޑު ފެނަށް އަޅައި ކަށްކާލާނީއެވެ. މިފެން ކައްކާލުމަށްފަހު، ބިއްލޫރި ފުޅިއަކަށް އަޅާފައި ބެހެއްޓުމުން މުޅިގޭތެރޭއިން މީރުވަސް ނުފިލާ ހުންނާނެއެވެ.

މައުލޫމާތު: ކެލިން-ޓްރިކް ޑޮޓް ޑީ