ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ޑްރެޖިންގ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެމްޓީސީން ވިދާޅުވެއްޖެއެވެ.

އެމަސައްކަތުގެ އެންމެެފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެމްޓީސީން ވިދާޅުވެފައިވަނީ އެމަސައްކަތުގެ 54 ޕަސެންޓް މިހާުރު ވަނީ ނިމިފައި ކަމަށެވެ. މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމެންޓް މަސައްކަތްތައް ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢަކީ 123.96 މިލިއަން ރުފިޔާގެ މަޝްރޫއެކެެވެ.

އެމްޓީސީސީއަކީ މިފަދަ އެތައް މަޝްރޫއެއް އެއްފަހަރާ ކުރިއަށް ގެންދިއުމުގެ ގާބިލްކަން ލިބިފައިވާ ކުންފުންޏެކެވެ. ޚާއްސަކޮށް އެކުންފުނީގެ މިހާރުގެ ސީއީއޯ އާދަމް ޢާޒިމް އެކުންފުނި ހިންގަންވަން ފެއްޓެވުމުން ކުންފުނީގެ ދުވެލިވަނީ ހަލުއިވެފައެވެ.