ހއ. ހޯރަފުށީ އެއަރޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢާ ބެހޭ އެންމެފަހުގެ މާއުލޫމާތު އެމްޓީސީސީން މިއަދު ހާމަކުރައްވައިފިއެވެ.

90.5 މިލިއަން ރުފިޔާގެ މަޝްރޫޢާ ބެހޭ ގޮތުން މައުލޫމާު ހާމަކުރައްވަމުން އެމްޓީސީސީން ވިދާޅުވެފައިވަނީ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ގްރޮއިން ޖެހުމުގެ މަސައްކަތުގެ 70 ޕަސެންޓާއި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތުގެ 35 ޕަސެންޓް ނިމިފައިވާ ކަމަށް އެކުންފުނީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، ހއ. ހޯރަފުށީގެ އެއަރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ހިމެނެއެވެ. އެމްޓީސީސީއަކީ ރާއްޖޭގައި މިފަދަ މަސައްކަތްތައް އިތުބާރާއެކު ކުރައްވަމުން ގެންދަވާ ކާމިޔާބު ކުންފުންޏެކެވެ. ރާއްޖޭގެ އެތައް ރަށެއްގައި މިހާރުވެސް އެކުންފުނީން ގެންދަވަނީ އެތައް މަޝްރޫއެއް ހިންގަވަމުންނެވެ.