ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށް ފަރެސްމާތޮޑާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމީޓީން ތައްޔާރުވާން ފަށައިފިއެވެ.
އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން މި މައުރަޒު ބާއްވާނީ ފެބުރުއަރީ 25 ވަނަދުވަހު ހަވީރު 4:15 ގައި ކަމަށެވެ.
މައުރަޒުގައި ބައިވެރިވާން ބޭނުންވާ މީހުން ފެބުރުއަރީ 20 ވަނަ ދުވަހުގެ 2:00 ގެ ބައިވެރިވުމަށް ނަންނޮޓުކޮށް ނިންމުމަށް އެ ކޮމިޓީން ވަނީ އެދިފައެވެ.
މައުރަޒުގައި ބައިވެރިކުރާ ކޮންމެ މޭޒަކަށް ލިބޭ ޖުމްލަ އާމްދަނީގެ 15 ޕަސެންޓު އެ ކޮމިޓީއަށް ނަގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މައުރަޒުގެ މަގުސަދާ ބެހޭގޮތުން ފަރެސްމާތޮޑާ ޑަބްލިޔުޑީސީގެ ރައީސާ ޝާތިރާ އަޙުމަދު ވިދާޅުވީ މިއީ ކާބަފައިންގެ ޒަމާނުއްސުރެން ރަށުގައި ކައްކައި އުުޅުނު ތަކެތި އުވިދިޔަ ނުދީ އެތަކެތި ހެދުމަށް ހިތްވަރުދިނުމަށް ބާއްވާ މައުރަޒެއް ކަމަށެވެ. އޭގެ އިތުރު މިއަހަރުގެ އަންހެނުންގެ ދުވަހުގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.