ހދ. ކުޅުދުއްފުށީ ފުލޫނިޔާގެ އިބްރާހީމް ވަހީދަކީ 2014 ވަަނަ އަހަރުން ފެށިގެން ލޭގެ ކެންސަރަށް ފަރުވާ ހޯދަމުންދާ މީހެކެވެ.

މިވަގުތު އޭނާ ދަނީ އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންނެވެ. އިބްރާހިމްވަހީދުގެ ބަލި ހާލަތު ގޯސްވެ އާއިލާއިން ފަރުވާ އަށް އިންޑިއާއަށް ދިޔައީ ހުސްވި އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހުއެވެ.

ޑޮކްޓަރުގެ ލަފަޔާއެކު އޭނާއަށް މިހާރު ދަނީ ކީމޯ ތެރަޕީ ފަރުވާ ދެމުންނެވެ. އިބްރާހީމް ވަހީދުގެ އާއިލާ މެމްބަރަކު މައުލޫމާތު ދިން ގޮތުގައި ކީމޯ ތެރަޕީ އަށް ދެ މަހަށްވުރެ ގިނަ ދުވަހު މަޑުކުރަން ޑޮކްޓަރު ވަނީ ލަފާ ދީފައެވެ. އަދި ކީމޯތެރަޕީއަށް ފަހު އިތުރު ފަރުވާއަށް ވެސް މަޑުކުރަން ޖެހިދާނެ ކަމުގައި ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.

އިބްރާހީމް ވަހީދު އިންޑިއާއަށް ގެންގޮސްގެން އޭނާގެ އެހީތެރިންގެ ގޮތުގައި މިވަގުތު ހަރަކާތްތެރިވަމުން ދަނީ އޭނާގެ އަންހެނުންނާއި އާއިލާގެ އެހެން މެމްބަރެކެވެ. ނަމަވެސް އެމީހުން ދިގު މުއްދަތަކަށް އިންޑިއާގައި މަޑުކުރަން ޑޮކްޓަރު ލަފާ ދިނުމާއެކު ފަރުޥާ އަށް ބޭނުންވާ ޚަރަދު ދެކޮޅު ޖެއްސުމަށް އިބްރާހީމް ވަހީދުގެ ދެމަފިރިން ވަނީ ނުކުޅެދިފައެވެ. އާސަންދައިގެ އެހީގެ އިތުރުން ވެސް އެމީހުންނަށް ފައިސާގެ އެހީ މިވަގުތު ވެސް ވަނީ ބޭނުންވެފައެވެ.

ކޮވިޑް 19 އާއެކު ރިސޯޓުގެ ވަޒީފާ ގެއްލިފައިވާ އިބްރާހީމް ވަހީދަކީ އަންބެއްގެ އިތުރުން 18 އަހަރު ނުފުރޭ ދެކުދިންގެ ބައްޕައެކެވެ. މިހާތަނަށް އާއިލާ އާއި ގާތްމީހުންގެ ފަރާތުން އެހީ ލިބެމުން ދިޔަނަމަވެސް ދިގުމުއްދަތަކަށް ފަރުވާ އަށް މަޑުކުރަން ޖެހުމުން އިބްރާހީމް ވަހީދުގެ ދެމަފިރިންނަށް ވަނީ މާލީ ނުތަނަވަސްކަން އިތުރުވެފައެވެ. އެހެންކަމުން އިބްރާހިމް ވަހީދުގެ އާއިލާއިން އެދެނީ ތިޔަ އެންމެހާ ބޭފުޅުންގެ ހެޔޮ ދުޢާ އާއި ދީލަތި އެހީތެރިކަމަށެވެ.

އިބްރާހިމް ވަހީދަށް އެހީތެރިވެ ދެއްވަން ބޭނުންނަމަ ތިރީގައި މިވާ ދެ އެކައުންޓަށް ފައިސާ ޖަމާކުރެވިދާނެއެވެ.

އިބްރާހީމް ވަހީދު 7730000057515 (ރުފިޔާ)

އިބްރާހީމް ވަހީދު 7770000012132 ( ޑޮލަރު)

ފޯން: 917736490994+

ވައިބަރ: 9607554746+

އަހުމަދު ރާޒީ : 9609117777+

މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައިވެއެވެ.

"އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޣައިބު ފޮރުވައިދީފިމީހާ) ގެ ޣައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ ފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަ މީހާއަށް އެހީތެރިވެވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

މާތް ﷲ އަށްޓަކައި އެހީތެރިވެދެއްވާ! މާތް ﷲ އަށްޓަކާ ކުރާ އެއްވެސް ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫން! ދެދުނިޔޭގަވެސް މަތިވެރި ވެގެންވާ ސަވާބާއި ދަރުމަ ލިބޭނެ، إن شاء الله އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވެން ނެތް ފަރާތްތަކުން ތަަނަވަސްކަން ހުރި ފަރާތްތަކާ ހަމައަށް ޕޯސްޓް ޝެއަރ ކޮށްލަދިނުމީ ވެސް ވެވޭ އެހީއެއް! ޔާ ﷲ އިބްރާހީމް ވަހީދަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައި ލައްވައި މުޅި އިސްލާމީ އުންމަތް ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން މިންޖުކުރައްވާށިއެވެ. އާމީން.