ޕްރޮމޯޝަން އައިޓަމްތަކަށް ޚާއްސަ ފިހާރައެއް ހެޕީމާކެޓުން މާލޭގައި ހުޅުވައިފިއެވެ.

"ހެޕީމާކެޓު ޕްރޮމޯޝަން ޝޮޕް" ގެ ނަމުގައި މި މިފިހާރަ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ޑިސްކައުންޓު އަގުތަކުގައި ވިއްކާ ހުރިހާ މުދަލެއް ފަސޭހަ ކަމާއެކީ އާންމުންނަށް ގަނެވޭނެ ގޮތް ހެދުން ކަމަށް ހެޕީމާކެޓުން ވިދާޅުވިއެވެ. އަދި "އަޅުގަނޑުމެން ވިއްކާ އުފެއްދުންތައް ރަހަބަލައިލައި އެތަކެތި ކައިރިން ތަޖުރިބާ ކޮށްލާނެ މާހައުލެއް ކަސްޓަމަރުންނަށް ހޯދައިދިނުމަށް ހުޅުވި ފިހާރައެކެވެ." އެކުންފުނިން ވިދާޅުވެފައިވެއެވެ.

މި ފިހާރަ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. އަދި މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށެވެ.

މި ފިހާރަ ހުންނާނީ އަލިކިލެގެފާނު މަގުގައި، ކުރީގެ ޓައިމްޒޯން ކުރިމައްޗަށްވާ ގޮތަށް ހުންނަ ހެޕީމާކެޓު ގުދަނާ ޖެހިގެންނެވެ.

ހެޕީ މާކެޓަކީ މާލޭގެ އިތުރުން އަތޮޅު ތަކުގައި ވެސް ފިހާރަ ހުޅުވައިގެން ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ކާބޯތަކެތީގެ ޚިދުމަތް ދެމުން ގެންދާ ވިޔަފާރި ކުންފުންޏެވެ.