މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޔުނައިޓެޑް ޢަރަބި އެމިރޭޓްސްގެ ވެރިރަށް އަބޫދާބީއަށް ފުރައިވަޑައިގެންފިއެވެ، މިއީ މި މަހުގެ 21 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫމެކްސް އެންޑް ސިމްޓެކްސް 2022" ގައި ބައިވެރިވެ ވަޑައިގަތުމަށް އެކަމަނާ ކުއްވާ ރަސްމީ ދަތުރުފުޅެކެވެ.

"ޔޫމެކްސް އެންޑް ސިމްޓެކްސް 2022" ނުވަތަ އަންމޭންޑް ސިސްޓަމް އެގްޒެބިޝަން އަކީ، އަބޫދާބީ ނޭޝަނަލް އެގްޒެބިޝަން ކޮމްޕެނީއާއި ތަވާޒުލް އިކޮނޮމިކް ކައުންސިލާއި އެ ޤައުމުގެ މިނިސްޓްރީ އޮފް ޑިފެންސާ ގުޅިގެން އިންތިޒާމްކުރާ ކޮންފަރެންސެކެވެ.

އެ ކަމަނާގެ މި ދަތުރުފުޅަކީ، ޔޫއޭއީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެފެއަރޒް، ޝެއިޚް މުޙައްމަދު އަޙްމަދު އަލްބަވަރުދީ ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.