ޓްރީ ޓޮޕް ހޮސްޕިޓަލުން ކުޑަކުދިންނަށް ޚާއްސަ، ދަތުގެ ފަރުވާގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ފޯރުކޮށްދޭނީ ކުޑަކުދިންގެ ދަތުގެ ފަރުވާއަށް ޚާއްސަވެފައިވާ ޕީޑިއެޓްރިކް ޑެންޓިސްޓެކެވެ. މި ޚިދުމަތް ފަރުމާކޮށްފައި ވަނީ އެންމެ ތުއްތު އިރުން ފެށިގެން ފުރާވަރުގެ ކުދިންގެ ދަތުގެ ފަރުވާއާ ބެހޭ ބޭނުންތަކަށް އިސްކަންދީގެންނެވެ.

އައު ޚިދުމަތުގެ ދަށުން ޓްރީ ޓޮޕް ހޮސްޕިޓަލުން އަހަންމިއްޔަތުކަން ދޭނީ ކުޑަކުދިންގެ އަނގައިގެ ސިއްހަތު ރައްކާތެރިކުރުމަށާއި އެކަމާ ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ބިންގަލެއް އެޅުމަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕު ހޮސްޕިޓަލުން ލިބޭނެ އައު ޚިދުމަތްތަކުގެ ތެރޭގައި ކުޑަކުދިންނަށް އެމާޖެންސީ ޑެންޓަލް ޓްރީޓްމެންޓާއި ބޭބީ ޓީތު ފިލިންސް އާއި ޕަލްޕެކްޓޮމީ ނުވަތަ ބޭބީ ޓީތު ރޫޓް ކެނަލް ޓްރީޓްމެންޓް އަދި ދޯރި ލެއްވުމާއި ބޭބީ ޓީތު އެކްސްޓްރެކްޝަން އަދި ދަތްތަކުގެ ރައްކާތެރިކަމަށްޓަކައި ފްލޮރައިޑާއި ސީލެންޓުން ފަރުވާ ކުރުން ހިމެނެއެވެ. ހަމައެއާއެކު ސްކޭލިން އެންޑް ޕޮލިޝިން އާއި ފުޓުނި އެޅުމާއި ރޫޓް ކެނަލް ޓްރީޓްމެންޓުގެ ޚިދުމަތް ވެސް ލިބެން ހުންނާނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ޕީޑިއެޓްރިކް ޑެންޓަލް ޚިދުމަތްތައް ފޯރުކޮށްދެއްވާނީ ކޮންސަލްޓެންޓް ޕީޑިއެޓްރިކް ޑެންޓިސްޓް، ޑރ. އައިޝާ ނިހާ އިބްރާހީމެވެ.

ޑރ. އައިޝާ ނިހާ އިބްރާހީމަކީ ޕަރުތާ ޑެންޓަލް ބެންގަލޫރު ހޮސްޕިޓަލުގެ 10 ބްރާންޗެއްގައި މަސައްކަތް ކުރައްވައިފައިވާ ތަޖުރިބާކާރު ޑެންޓިސްޓެކެވެ. އޭނާ ވަނީ އިންޑިއާގެ މެންގަލޫރުގައި ހުންނަ އޭބީ ޝެޓީ މެމޯރިއަލް އިންސްޓިޓިއުޓް އޮފް ޑެންޓަލް ސާވިސެސް އިން ބެޗްލާސް އޮފް ޑެންޓަލް ސާޖަރީ ފުރިހަމަކުރައްވައި، ހަމަ އެ ސިޓީގެ ޔެނެޕޮޔާ ޑެންޓަލް ކޮލެޖުން މާސްޓާސް އޮފް ޑެންޓަލް ސާޖަރީ (ޕީޑޯޑޮންޓިކްސް އެންޑް ޕްރިވެންޓިވް ޑެންޓިސްޓްރީ) ހާސިލުކުރައްވައިފައެވެ.

ޑރ. އައިޝާ ނިހާ އިބްރާހީމަކީ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ފަރިތަ، ކޮންމެ ކުއްޖަކަށް ވެސް ބޭނުންވާ ގޮތަށް ޚިދުމަތް ފޯރުކޮށްދެއްވާ ޕީޑިއެޓްރިކް ޑެންޓިސްޓެއެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑެންޓަލް މެޑިސިން ޑިޕާޓްމެންޓުން ދޭ ޚިދުމަތްތަކާއި ފަރުވާ މިހާރަށް ވުރެ ވެސް ރަނގަޅު ކުރުމަށް ޓަކައި މި ޑިޕާޓްމެންޓުން ދާނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި އުކުޅުތައް ބޭނުން ކުރަމުންނެވެ.

ޓްރީ ޓޮޕަކީ ކޮންސަލްޓެންޓުން އިސްކޮށް މަސައްކަތް ކުރައްވައި، ރާއްޖެއިން އެންމެ ފާހަގަކޮށްލެވޭ ސިއްހީފަރުވާ ފޯރުކޮށްދިނުމަށް ޓަކައި މަސައްކަތް ކުރާ ސްޕެޝާލިޓީ ހޮސްޕިޓަލެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު 3351610 އަށް ގުޅުމުން ނުވަތަ [email protected] އަށް މެއިލް ކުރުމުން ލިބޭނެއެވެ.