އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނޯތް ސެންޓްރަލް ޕޮލިސް ރީޖަން (ކ، އއ، އދ، ވ) އަތޮޅުގައި ހިމެނޭ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ މަހުގެ އަށްވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން 39 އަހަރުގެ ބިދޭސީ ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން ބިދޭސީ މީހާ ބަންދުގައި ބެހެއްޓުމަށް މިއަދު ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.