ސައުދީ ރަސްގެފާނުގެ ހަރަދުގައި މާލޭގައި ބިނާ ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ރޯދަ މަހަށް ހުޅުވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރޯދަ މަހު ސަލްމާން މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށެވެ.
ސަލްމާން މިސްކިތް ހުޅުވުމަށް އެތަނަށް މުވައްޒަފުން ނެގުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ
ސަޢުދީ ސަރުކާރާއި ގުޅިގެން އަންނަ ރަމަޟާން މަހަށް މިސްކިތް ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެކުރިންވެސްވަނީ ހާމަކުރައްވާފައެވެ.
ކިންގް ސަލްމާން މިސްކިތް މިދިޔަ ރަމަޟާން މަހު ހުޅުވުމަށްވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ މިސްކިތް ހުޅުވުން ލަސްވެފައިވަނީ ކޯވިޑް އާ ގުޅިގެން ދަތުރުފަތުރަށް ބުރު އެރުމާ ގުޅިގެން ސަޢުދީގެ ވަފްދު އައުމަށް ދަތިވުމުންކަމަށެވެ.