އައްޑޫ ސިޓީގައި ކޮވިޑްޖެހި އަދި ފަސޭހަ ނުވާ މީހުންގެ އަދަދު 750 އަށް އަރައިފިއެވެ. މީގެ ތެރެއިން އެންމެ ގިނަމީހުން ތިބީ ހިތަދޫގައެވެ. ހިތަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 395 އެވެ. މަރަދޫގައި 82 މީހެކެވެ. މަރަދޫފޭދޫގައި 34 މީހެކެވެ. ފޭދޫގައި 94 މީހެކެވެ. ހުޅުދޫގައި ތިބީ 79 މީހެކެވެ. މީދޫގައި ތިބީ 61 މީހެކެވެ. ގަމުގައި ތިބީ 4 މީހެކެވެ. ރިސޯޓުގައި އެކެކެވެ.

އައްޑޫސިޓީން މިހާތަނަށް 7157 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 6392 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. މި ބަލީގައި އައްޑޫއިން މިހާތަނަށް މަރުވެފައިވަނީ 16 މީހެކެވެ.

އައްޑޫއިން އިއްޔެ ޕޮޒިޓިވް ވެފައިވަނީ 77 މީހެކެވެ. އެއީ 75 ދިވެއްސަކާއި ދެ ބިދޭސީއެެކެވެ. އޭގެތެރެއިން ހިތަދޫން ޕޮޒިޓިވްވެފައިވަނީ 42 މީހެކެވެ. މަރަދޫން ޕޮޒިޓިވްވެފައިވަނީ 5 މީހެކެވެ. މަރަދޫފޭދޫން 4 މީހެކެވެ. ފޭދޫން 9 މީހެކެވެ. ހުޅުދޫން 10 މީހެކެވެ. މީދޫން 7 މީހެކެވެ.