ދިރިއުޅުމުގެ ހާލަތައީ ކުރަންޖެހިފައިވާ މަސައްކަތް ގިނަކަމުން ބައެއްމީހުން ވަރަށް އަވަހަށް ކަންތައްތައް ހަނދާން ނެތެވެ. މި ނޫނަސް ސިއްޙީ ބައެއް ސަބަބުތަކާހުރެވެސް ހަނދާނުގެބައި ދަށަށް ދެއެވެ. މިކަމުގެސަބަބުން ދިރިއުޅުމުގައި ވަރަށްގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ.

ހަނދާންނެތުމާއި ހަނދާން ގަދަވުމަކީ ސިކުނޑިއާއި ގުޅިފައިވާ ކަމެކެވެ. އެހެންކަމުން ހަނދާންނެތުމުގެ މައްސަލަ ދިމަވާނަމަ، އެކަން ރަނގަޅުކުރުމަށް މަސައްކަތްކުރަންޖެހެއެވެ. އެގޮތުން ބައެއްކަހަލަ ކާނާއިންވެސް ހަނދާން ގަދަކޮށްދިނުމަށް އެހީވެދެއެވެ.

މަސް

މި ލިސްޓްގެ އެންމެ ކުރީގައި މަސް ހިމެނުނީ މަހުގެތެރޭގައި ހިމެނޭ ތެޔޮ މަހުގައި އޮމެގާ 3 ހިމެނޭތީއެވެ. މިއީ ހަނދާން ގަދަކުރުމުގެ އިތުރަށް މަހަކީ ސިކުޑީގެ ސިއްހަތަށް ވަރަށް ރަނގަޅުވިޓަމިނެކެވެ. ތެޔޮ ހުންނަ މަހުގެތެތެރޭގައި ދިވެހިން އާންމު ކޮށްކައި ހަދާ ކަނޑުމަސްވެސް ހިމެނެއެވެ.

ކޮފީ

ކޮފީއަކީވެސް ސިކުނޑީގެ ހަމަޖެހުން ގެނެސްދޭ ބާވަތެކެވެ. ކޮފީގައި އެކުލެވޭ ކެފެއިން އިން ހަނދާންގަދަކޮށްދީ މީހާ ކަންކަމާ ފޫހިވުމުން ދުރުކޮށްދެއެވެ.

ރީނދޫ

ރީނދުލަކީވެސް ސިކުނޑީގެ ސިއްޙަތަށް ރަނގަޅު ކާނާއެކެވެ. މީގެ އިތުރަށް ޑިޕްރެޝަން އާއި އަލްޒެއިމާފަދަ ބަލިތަކުން ދިފާއުކޮށްދޭ ބާވަތެއްވެސް މެއެވެ.

ބްރޮކޮލީ

ބްރޮކޮލީގައި ހިމެނޭ އެންޓި އޮކިސިޑެންޓްގެ ސަބަބުން ހަނދާން ގަދަކޮށްދީ ސިކުޑީގެ ސިއްޙަތު ރަނގަޅުކޮށްދެއެވެ.

މާމުއި

މާމުޔަކީވެސް ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓް ހިމެނޭ ބާވަތެކެވެ. އަދި މާމުއިން ހަށިހަގަނޑަށް ހަކަތަވެސް ލިބިދެއެވެ. އެހެންކަމުން ސިކުނޑި ވަރުބަލިވުމުން ދުރުކޮށްދެއެވެ. ސިކުނޑީގެ ސެލްތައް ވަރުގަދަކޮށްދެއެވެ.

ބަރަބޯ އޮށް

ބަރަބޯ އޮށުގައި އެކުލެވިގެންވާ ކޮޕާ، އަޔަން، މެގްނެޒިއަމް އަދި ޒިންކްގެ ސަބަބުން ސިކުނދީގެ ދުޅަހެޔޮކަމަށް މަގުފަހިކޮށްދެއެވެ. އަދި ހަނދާންގަދަކޮށްދިނުމަށް އެހީތެރިވެދެއެވެ.

ޑާކް ޗޮކްލެޓް

ޑާކް ޗޮކްލެޓަކީ ސިކުނޑީ ބަލިތަކުން ދިފާއުކޮށްދޭ ކާނާއެކެވެ. އަދި ފޫހިވުމާއި ހަނދާންނެތުމުން ދުރުކޮށްދޭ ބާވަތެއްވެސް މެއެވެ.

އެވަކާޑޯ

އެވަކާޑޯއަކީވެސް ސިކުނޑީގެ ސެލްތައް ހަލާކުކުވުމުން ދުރުކޮށްދޭ މޭވާއެކެވެ. އަދި ހަށިގަނޑުގައި ލޭދައުރުވުމަށްވެސް އެހީވެދޭ ކާނާއެކެވެ. އެވަކާޑޯ ކެއުމުން ސިކުނޑީއަށް ބޭނުންވާ މުހިންމު ބައިތައް ލިބުމާއެކު ފަސޭހައިން ސިކުނޑިއަށް އޮކްސިޖަން ފޯރުކޮށްދެއެވެ.

ފިޔާ

އަޅުގަނޑުމެން އާންމުކޮށް، ކާނާ ތައްޔާރުކުރުމަށް ބޭނުންކުރާ ފިޔަ އަކީވެސް ސިކުނޑީގެ ސިއްޙަތު ރަނަގޅުކޮށްދޭ ކާނާއެކެވެ. އަދި ހަށިގަނޑުގައި ލޭދައުރުކޮށްދިނުމަށް އެހީވެދޭ ކާނާއެއްވެސް މެއެވެ. ފިޔާގައި ހިމެނޭ އެންޓި އޮކްސިޑެންޓްގެ ސަބަބުން ސިކުނޑީގެ ސެލްތައް ހަލާކުވުމުން ދުރުކޮށްދެއެވެ.

މައުލޫމާތު: ހެލްތްލައިން ޑޮޓް ކޮމް