އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފަށައިފިއެވެ. އެގޮތުން މިއަދު ޕޮޒިޓިވްވެފައިވަނީ 55 މީހެކެވެ. އެއީ 54 ދިވެއްސަކާއި ބިދޭސީއެކެވެ.

އޭގެ ތެރެއިން މިއަދުވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އެސިޓީގައި އެންމެ އާބާދީބޮޑު އަވަށް ކަމަށްވާ ހިތަދޫގައެވެ. ހިތިތަދޫން މިއަދު ޕޮޒިޓިވީ 40 މީހެކެވެ. މަރަދޫއިން މިއަދު ޕޮޒިޓިވްވީ ދެ މީހެކެވެ. މަރަދޫފޭދޫއިން 1 އެވެ. ފޭދޫއިން ވެސް 1 އެވެ. ހުޅުދޫއިން ވެސް އެކެކެވެ. މީދޫން 10 އެވެ.

މިއަދަދާއެކު އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިހާރުވަނީ 7328 އަށް އަރައިފައެވެ. 6614 މީހަކުވަނީ ބަލީން ފަސޭހަވެފައެވެ. އޭގެތެރޭގައި ބަލީން ފަސޭހަވެގެން މިއަދު ދޫކޮށްލި 57 މީހުން ހިމެނެއެވެ.

އައްޑޫގެ އެކްޓިވް ކޭސްގެ މިހާރުގެ ޖުމްލައަކީ 698 އެވެ. އެއީ ހިތަދޫގައި ތިބި 353 މީހަކާއި، މަރަދޫގައި ތިބި 80 މީހަކާއި މަރަދޫފޭދޫގައި 26 މީހަކާއި ފޭދޫގައި 84 މީހަކާއި ހުޅުދޫގައި 83 މީހަކާއި މީދޫގައި 68 މީހަކާއި ގަމުގައި 4 މީހެކެވެ. މިބަލީގައި އައްޑޫއިން މިހާތަނަށް ވަނީ 16 މީހަކު ނިޔާވެފައެވެ.

އައްޑޫއިން އިއްޔެ ޕޮޒިޓިވްވީ 72 މީހެކެވެ. މިމަހު 23 ވަނަ ދުވަހު ޕޮޒިޓިވްވީ 77 މީހެކެވެ.