މާލޭ ސަރަހައްދުން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 63 މީހުން ކަމަށް އެޗުޕީއޭއިން ވިދާޅުވެއްޖެއެވެ. އެތަނުން ހާމަކުރައްވާފައިވާ މައުލޫމާތައްތު ބުނާ ގޮތުން އަތޮޅުތެރެއިން މިއަދު ޕޮޒިޓިވްވެފައިވަނީ 382 މީހެކެވެ، މުޅި ޖުމްލަ މިއަދު ޕޮޒިޓިވް ވެފައިވަނީ 517 މީހެކެވެ. މިއަދަދަށް ޕޮޒިޓިވްވެފައިވަނީ ޓެސްޓްކުރި 2،842 ސާމްޕަލްގެ ތެރެއިންނެވެ.

މިއަދު ޕޮޒިޓިވްވި 517 މީހުންނާއެކު މުޅިރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 169،148 މީހުންނެވެ. އޭގެތެރެއިން 153،628 މީހުން ވަނީ ބަލީން ފަސޭހަވެފައެވެ.

މުޅިރާއްޖޭގެ މިވަގުތުގެ އެކްޓިވް ކޭސްގެ އަދަދަކީ 15،211 އެވެ. ހަސްފަތާލުގައި އެޑުމިޓްކޮށްގެން މިހާރު ފަރުވާ ދެމުން ގެންދަނީ 14 މީހަކަށެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 296 މީހަކު ނިޔާވެފައެވެ.