އައްޑޫ ސިޓީން އިތުރު 50 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އޭގެތެރޭގައި ހިިމެނެނީ 49 ދިވެހީންނާއި ބިދޭސީ އެކެވެ. މީގެ ތެރެއިން ހިތަދޫން ޕޮޒިޓިވްވެފައިވަނީ 24 މީހެކެވެ. މަރަދޫން 4 މީހެކެވެ. މަރަދޫފޭދުން ވެސް 4 މީހެކެވެ. ފޭދޫން 2 މީހެކެވެ. ހުޅުދޫން ވެސް 2 މީހެކެވެ. މީދޫން ޕޮޒިޓިވްވެފައިވަނީ 5 މީހެކެވެ.

އައްޑޫގެ އެކްޓިވް ކޭސްގެ ޖުމަލަ އަކީ 617 އެވެ. އޭގެ ތެރެއިން ހިތަދޫގައި ތިބީ 300 މީހެކެވެ. މަރަދޫގައި 73 މީހެކެވެ. މަރަދޫ ފޭދޫ ގައި 27 މީހެކެވެ. ހުޅުދޫގައި 72 މީހެކެވެ. ފޭދޫގައި 62 މީހެކެވެ. މީދޫގައި 79 މީހެކެވެ. ގަމުގައި 4 މީހެކެވެ.

އައްޑޫއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލައަކީ 7532 އެވެ. އޭގެތެރެއިން 6899 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. ބަލީން ފަސޭހަވެގެން މިއަދު ދޫކޮށްލީ 69 މީހެކެވެ. މިބަލީގައި 16 މީހަކު ވަނީ އައްޑޫއިން މަރުވެފައެވެ.