ޔޫކްރޭނުގައި ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން ރާއްޖެ އައިސްފައިވާ ދިވެހި ދަރިވަރުންނާއި ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން މިއަދު ބައްދަލުކުރައްވައިފި އެވެ.

އެކަމަށްޓަކައި މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދަރިވަރުންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް ދޭ ކަމަކީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.

އެގޮތުން މިނިސްޓަރު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސަރުކާރުގެ ވުޒާރާތަކުން ދަރިވަރުން ރާއްޖެ ގެނައުމަށް ވެދެއްވި އެހީތެރިކަމަށް އެފަރާތްތަކަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ. ބައްދަލުވުމުގައި ދަރިވަރުން ވެސް ވަނީ މިނިސްޓްރީން ވެދިން އެހީތެރިކަމަށް ޝުކުރުއަދާކޮށްފަ އެވެ.

ހަޔާ އެޑިއުކޭޝަން ނިސްޓްރީން ވަނީ ޔޫކްރެއިންގައި ތިބި ދަރިވަރުން ރާއްޖެ ގެނައުމަށްޓަކައި ފޯރުކޮށްދޭން ޖެހޭ މާލީ އެހީތެރިކަން ހުރިހާ ދަރިވަރުންނަށް ވެސް ފޯރުކޮށް ދީފަ އެވެ.