ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ޓެސްޓުކުރި 2،231 ސާމްޕަލްގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 459 މީހުން ކަމަށް އެޗުޕީއޭ އިންް ވިދާޅުވެއްޖެއެވެ. އެތަނުން އާންމުކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުން މީގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވް ވެފައިވަނީ 41 މީހެކެވެ. ރަށްރަށުން ޕޮޒިޓިވް ވެފައިވަނީ 371 މީހެކެވެ. ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 29 އެވެ.

މިއަދަދާއެކު ރާއްޖެއިން މި ބައްޔަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިވަނީ 171،114 އަށް އަރައިފައެވެ. މީގެ ތެރެއިން 155،973 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 14،841 އެވެ. ހޮސްޕިޓަލުގައި އެޑުމިޓް ކޮށްގެން ފަރުވާ ދެމުންގެންދާ މީހުންގެ އަދަދަކީ 14 އެވެ. މިބަލީގައި މިހާތަނަށް ނިޔާވެފައިވަނީ 297 މީހެކެވެ.