އައްޑޫސީޓީ ހިތަދޫ ފިޔަވައި އެހެން ރަށަކުން މިއަދު ކޮވިޑަށް މީހަކު ފައްސިވެފައި ނުވާކަމަށް އޭއީއެޗުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނެފައިވަނީ މިއަދު ހިތަދޫން ކޮވިޑަށް ޕޮޒިޓިވްވި 16 މީހަކު ފިޔަވައި އިތުރު މީހަކު އެސިޓީން ޕޮޒިޓިވްވެފައި ނުވާކަމަށެވެ. މިއަދު ޕޮޒިޓިވްވި 16 މީހުންނަކީ ވެސް ދިވެހީންނެވެ.

މިއަދު ޕޮޒިޓިވްވި 16 މީހުންނާއެކު އައްޑޫން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މީހުންގެ އަދަދު ވަނީ 7591 އަށް އަރައިފައެވެ. އޭގެތެރެއިން 7111 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. ބަލީން ފަސޭހަވެގެން މިއަދު ވަނީ 147 މީހަކު ދޫކޮށްލައިފައެވެ. އައްޑޫގެ އެކްޓިވް ކޭސްތަކުގެ ޖުމްލައަކީ 463 އެވެ. އެއީ ހިތަދޫގައި ތިބި 162 މީހަކާއި މަރަދޫގައިތިބި 67 މީހަކާއި މަރަދޫފޭދޫގައި ތިބި 27 މީހަކާއި ފޭދޫގައި 56 މީހަކާއި ހުޅުދޫގައި 69 މީހަކާއި މީދޫގައި ތިބި 83 މީހެކެވެ.