އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި އެވެ.

އެސްޓީ އޯއިން ބުނީ ރަޝިއާ އާއި ޔޫކްރޭނާއި ދެމެދު ހިނގަން ފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށްދާ ނިސްބަތް އިތުރުވެފައިވާ ކަމަށެވެ.

ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 14.60ރ. އަށް އަށް ކަމަށާއި އަދި ޑީސަލް ލިޓަރެއް ވިއްކާނީ 14.80ރ. އަށް ކަމަށެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގު ބޮޑުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.