މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، މިއަދުގެ 14:00 އިން 15:30 އަށް ހެންވޭރުގެ މަޖީދީމަގާއި، ކާސިންޖީމަގު އަދި މުސްތަރީމަގުގެ އިތުރުން ދިއްލީމަގާއި، ރަތްވިލާމަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިގަޑިތައް މިހެން ބަޔާންކޮށްފައިވީނަމަވެސް މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.