ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) އަޙުމަދު ސަޢީދު މުޙައްމަދަކީ ޖަވާހިރެއް ފަދަ މާލިމީއެއް ކަމަށް ފެނަކަ އިންސްޓިޓިއުޓް އޮފް ޓްރެއިންގ އެންޑް ރިސަރޗުގެ ޑީން ޢާއިޝަތު ފަސީހާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ފެނަކަ އިންސްޓިޓިއުޓް އޮފް ޓްރެއިންގ އެންޑް ރިސަރޗު އިން ހިންގި އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ކޯސް ނިންމައި ދަރިވަރުންނަށް ސެޓެފިކެޓު ދިނުމަށް އާދީއްތަ ވިލޭރޭ މީރުމާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފަސީހާ ވިދާޅުވީ ފެނަކަ ކޯޕަރޭޝަން ވުޖޫދުވުމަށްފަހު އަދާ ހަމައަށް ކުރެވިފައިވާ ދަތުރުގައި "މުވައްޒަފުން ބިނާ ކުރުމަށް ކުރެވުނު އެންމެ ޚާއްޞަ އެއްކަމަކީ، "ފެނަކަ އިންސްޓިޓިއުޓް އޮފް ޓްރެއިންގ އެންޑް ރިސަރޗް" ގެ ނަމުގައި، އިންސްޓިޓިއުޓެއް އުފެއްދެވުން ކަމަށެވެ. އެކަން ކުރެއްވީ އެކުންފުނީގެ މިހާރުގެ އެމްޑީ އަޙުމަދު ސަޢީދު މުޙައްމަދެވެ.

ފަަސީހާ

"ފެނަކަ އިންސްޓިޓިއުޓް އޮފް ޓްރެއިންގ އެންޑް ރިސަރޗް" ގެ ނަމުގައި، އިންސްޓިޓިއުޓެއް އެމްޑީ އަޙުމަދު ސަޢީދު މުޙައްމަދު ވެގެން ގޮސްފައިވަނީ ފެނަކައިގެ މުޅި ތާރީޚުގައި ފެނިފައިނުވާފަދަ، ޖަވާހިރެއްފަދަ މާލިމީއަކަށް. ކުންފުނީގެ އެންމެ އަގުހުރި ރައުސުލްމާލަކީ ބޮޑެތި ޖަނަރޭޓަރުތަކާއި އެހެނިހެން މުދާތައް ނޫންކަމަށް ކަނޑައަޅުއްވައި، އެ ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމުގައި ކަނޑައެޅުއްވީ އެމް.ޑީ ސަޢީދު. މުވައްޒަފުންނަށް ޙައްޤު މިންވަރަކީ މަހު ޚަރަދުތައް ދެކޮޅުޖައްސާނުލެވޭފަދަ މުސާރައެއް ނޫންކަމާއި، ކުރާ ބޮޑެތި މަސައްކަތްތަކާ އެކަށޭނަ އިތުރު އެލަވަންސްތައް ލިބެންޖެހޭނެކަމަށް ކަނޑައެޅުއްވީ އެމް.ޑީ ސަޢީދު" ޑީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަޢީދު ވަނީ ވަކި މަސައްކަތެއް ނުބައްލަވައި މުވައްޒަފުންނާއެކު ޢަމަލީ ގޮތުން ކޮންމެ ކަމެއްގައި ބައިވެރިވެވަޑައިގެން އެކަންކަން ތަޖުރިބާ ކުރައްވައިފައި ކަމަށެވެ. އެކަން އެގޮތަށް ކުރެއްވި ހަމައެކަނި ފެނަކައިގެ ވެރިއަކީ ވެސް ސަޢީދު ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަންގެ ކުޅަދާނަ ހިތްވަރުގަދަ މާލިމީ އަހުމަދު ސައީދު މުހައްމަދު: ފޮޓޯ ފެނަަކަ

މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތްތަކުގެގޮތުންނާއި، ތަޢުލީމާއި ތަމްރީނުގެ ގޮތުން އާދެވިފައިވާ މިހިސާބަކީ އެކަންކަމުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ. ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިންގ އެންޑް ރިސަރޗް އަކީ އެމް.ޑީ ސަޢީދު އިންދެވި އެ އޮށްތަކުން ފެޅި ބޮޑުބިޔަ ގަސްތަކުގައި އެޅި މީރު ފޮނި މޭވާއެއް ކަމަށް ވެސް އޭނާ ސިފަ ކުރެއްވިއެވެ. "މިއީ ފުރިހަމައަށް ފޯދިފައިވާ، އާރުހުރި ބިޔަ ގަސްތަކެއް. މިއީ ތާރީޚުން ދެން ފޮހެލެވޭނެ ވާހަކަތަކެއް ނޫން. އިރާދަކުރެއްވިއްޔާ މި އިންސްޓިޓިއުޓުގެ ހިޔާވަހިކަން މުޅިރާއްޖެއަށް ފެތުރިގެންދާނީ ފަތުއަޑުކިޔާފައި" ފަސީހާ ވިދާޅުވިއެވެ.

"މިމަސައްކަތަށް އަޅުގަނޑު އިޚުތިޔާރު ކުރައްވައި، އަޅުގަނޑު މިއިންސްޓީޓީއުޓްގެ ޑީންއަކަށް ހަމަޖެއްސެވުމާއި ގުޅިގެން، މިމަސައްކަތް ނުހުއްޓި ކުރިޔަށްދާނޭގޮތަށް ރާވައި، ފެނަކައިން އިތުރު ބޭފުޅުންގެ އެހީތެރިކަމާއެކު، ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށް، ފުރަތަމަ ޕްރޮގްރާމް އަޅުގަނޑުމެންނަށް ފެއްޓުނީ ދޭއް މާރޗް ދެހާސް އެކާވީހުގައި. މިފްރޮގްރާމް ތަކަކީ، މިކަމާއި ގުޅުންހުރި ސަރުކާރުގެ އެކި މުއައްސަސާތަކާއި ގުޅިގެން ހިންގޭ ޕްރޮގްރާމް ތަކެއް،" އޭނާ ވިދާޅުވިއެވެ.

ފަސީހާ ވިދާޅުވީ މިފަހަރު ހިންގި ޕްރޮގްރާމްތަކަކީ ވެސް، ވަރަށް ކާމިޔާބު ޕްރޮގްރާމް ތަކެއް ކަމަށެވެ. މިޕްރޮގްރާމްތައް، ފެނަކައިގެ ސަތޭކަ ފަންސާސް ހަތަރު ބްރާންޗެއްގައި އެކިދަރަޖަ ތަކުގައި ހިންގައި، މިއަދާ ހަމައަށް އައި އިރު، އެކި ކޯސްތަކުން 113 ދަރިވަރަކު މިވަނީ ، ފެނާ ، ކަރަންޓާ، ނަރުދަމާ ، އާއި ގުޅޭ ދާއިރާތަކުން، އެކި ފެންވަރުގައި، ދަސްވެނި ވެފައި ކަމަށެވެ.

އާދީއްތަވިލޭރޭ ބޭއްވި ޖަލްސާއަކީ، "މިދެންނެވި ޕްރޮގްރާމްތަކުގެ ތެރެއިން ފުނަރު ޕްރޮގްރާމް އިން އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ފުރިހަމަކޮށް ދަސްވެނިވާ 23 ދަރިވަރުންގެ ޝަރަފުގައި ބޭއްވޭ ޖަލްސާއެއް. މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައި ވާނީ މުޖުތަމައުގައި މެކޭނިކަލް ދާއިރާއަށް ޝައުގުވެރިވާ މީހުންނަށް އަމާޒުކޮށްގެން ތިއަރީ އަދި ޕްރެކްޓިކަލް ކްލާސްތަކަށް ބަހާލައިގެން އެމީހުންގެ ކިބައިގައި މެކޭނިކަލް ދާއިރައިން އިލްމާއި ހުނަރު ތަރައްޤީވާގޮތަށް،" ކަމަށް އޭނާ ވިދާޅުވިއެވެ.