އއ. ތޮއްޑޫ ކަރަންޓު ޑިސްޓިރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށްޓަކައި ލޯ-ވޯލްޓޭޖް ކޭބަލް ވަޅުލުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނީން ވިދާޅުވީ މި މަސައްކަތުގެ ދަށުން 2279 މީޓަރުގެ ކޭބަލް ވަޅުލުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނީން ވިދާޅުވިއެވެ. މި މަސައްކަތް ހޯމަދުވަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

ސްޓެލްކޯއިން ގެންދަވަނީ ތޮއްޑޫގައި މިހާރު ބޭނުންކުރަމުންދާ 810 ކިލޯވޮޓްގެ ޖަނަރޭޓަރުގެ ބަދަލުގައި 5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކޭޕޭސިޓީގެ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ އެރަށަށް އަންނަމުންދާ ތަރައްގީއަށް ވިސްނައި މުސްތަގުބަލަށް އަޅާ ވަރުގަދަ ފިޔަވަޅެކެވެ.