ޅ. މާފިލާފުއްޓަށް ތަމްރީން ހަދަން ދިޔަ ޒުވާން ސިފައިންގެ މީހަކު ނިޔާވެއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ، އިއްޔެ މާފިލާފުއްޓަށް ޓްރޭނިންގ ހަދަންދިޔަ ގދ.ގައްދޫ، ޕްރައިވެޓް މުޙައްމަދު ރާފިލް ރަބީލް ނޭވާލުމަށް އުނދަގޫވެގެން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ޅ.ނައިފަރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ރާފިލް ނިޔާވީ ނައިފަރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.