އއ. ތޮއްޑޫގެ ތަރައްގީގައި ސްޓެލްކޯއިން ހިއްސާވެވިދާނެ ގޮތްތަކާ ބެހޭގޮތުން ސްޓެލްކޯގެ މެނޭޖިންޑިރެކްޓަރ އަހުމަދު ޝަރީފާއި ތޮއްޑޫކައުންސިލްގެ ރައީސް ކަރަމްއާ ދެބޭފުޅުން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ އާދީއްތަ ދުވަހުއެވެ. މި މަޝްވަރަގައި ވަނީ ތޮއްޑޫގައި މިހާރު ކުރިޔަށްދާ ސަރުކާރުގެ މަޝްރޫޢުތަކާއި ސްޓެލްކޯއިން ހިންގަމުންގެންދާ މަޝްރޫޢުތަކުގެ އިތުރުން، ތޮއްޑޫގެ ތަރައްގީގައި އަށް ސްޓެލްކޯއިން ހިއްސާ ވެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. ސްޓެލްކޯއިން ވިދާޅުވެފައިވަނީ ތޮއްޑޫ ކައުންސިލްގެ ފަރާތުން އެ ކުންފުންޏަށް އަބަދުވެސް އެއްބާރުލުން ލިބޭ ކަމަށެވެ. އެކަމަށްޓަކައި އެ ކައުންސިލަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

ސްޓެލްކޯއިން މިހާރުވެސް ގެންދަވަނީ އެރަށުގެ ކަރަންޓުގެ ޚިދުމަތް އަޕްގްރޭޑު ކުރުމުގެ މަޝްރޫއެއް ހިންގަމުންނެވެ. އެގޮތުން ކޭބަލް ވަޅުލުމުގެ މަސައްކަތް މިއަދުގެ ނިޔަލަށް ލިބޭނޭ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.