ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރާ ދެކޮޅަށް ދައުވާއެއް ކޮށްދިނުމަށް އޭސީސީން ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހަށް މައްސަލައެއް ފޮނުވުމުން އެއަށް އިހުތީރާމް ކުރުމުގެ ގޮތުން ޢުމަރު ނަސީރުގެ ރިޔާސީ ކެންޕޭން ތިން މަހަށް މެދުކަނޑާލުމަށްފަހު އަލުން ފަށައިފި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވީ އެ މައްސަލަ ޕީޖީއަށް ހުށަހެޅިފަހުން މިއަދު ހަވީރަށް ތިންމަސް ވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ކުށެއް ސާބިތުކޮށް ނުދެވުމުން އަލުން ކެންޕޭން ފެށީ ކަމަށެވެ.
ޢުމަރު ވިދާޅުވެފައިވަނީ ރައީސް ޔާމީން ޖަލަށް ލުމަށްފަހު އޭނާ ވެސް ޖަލަށްލާންޖެހޭ ކަމަށް އެމްޑީޕީ ގެ މަޖިލިސް މެންބަރަކު ވިދާޅުވި ކަމަށެވެ. އެހެން ވިދާޅުވުވިތާ ދުވަސް ކޮޅެއްފަހުން، އޭސީސީ ގެ މެންބަރުން ވަކިކުރާނެ ކަމުގެ އެތައް އިންޒާރެއް ބައެއް މެމްބަރުން ދެއްވާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އޭސީސީގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވިއެވެ. އެފަހުން "އަޅުގަޑުގެ މައްސަލައެއް އޭސީސީ އިން ޕީޖީ އަށް ފޮނުއްވި،" ޢުމަރު ވިދާޅުވިއެވެ.
"މިކަމާ ގުޅިގެން ދައުލަތަށް އިޙުތިރާމް ކުރުމުގެ ގޮތުން 90 ދުވަހަށް އަޅުގަޑުގެ ރިޔާސީ ކެމްޕޭން މެދުކަޑާލައި، ކުށް ސާބިތުކުރުމަށް 3 މަސް ދުވަސް ދައުލަތަށް އެރުވީމެވެ." ޢުމަރު ވިދާޅުވިއެވެ. "މިއަދު އެ މުއްދަތު ހަމަވިއިރު ކުށެއް ސާބިތު ކޮށެއް ނުދެވުނު. އެހެން ކަމުން މިއަދުން ފެށިގެން އަޅުގަޑުގެ 2023 ވަނަ އަހަރުގެ ރިޔާސީ ކެންޕޭން އަލުން ފަށައިފިން،" ޢުމަރު ވިދާޅުވެފައިވެއެވެ.
ޢުމަރު ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ އާއި މިނިވަން 50 އާއި އޭނާގެ ވަޒީރު ކަމުގައި ހަވާލުވެ ހުރި 7 އިދާރާ 7 އަހަރުވަންދެން ހާވާ ބަލައިގެން ސާބިތުވީ 'ހުދު ވަލު'ގެ ހުދުކަން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޢުމަރު ނަސީރަކީ ކަނޑައެޅިގެން ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ޚާއްސަކޮށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތިބުމާ އޭނާ ވަރަށްބޮޑަށް ދެކޮޅެވެ. އޭނާގެ ވެރިކަމެއްގައި އިންޑިއާ މިލިޓަރީ ރާއްޖެއިން ފޮނުވާލާނޭ ކަމުގެ ޔަގީންކަން މިހާރުވެސް ވަނީ ރައްޔިތުންނަށް ދެއްވައިފައެވެ. އަދި ރާއްޖެއިން ޑްރަގްގެ ވަބާ ފިލުވައިލައްވާނޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ޜޭސް ނިމެން ކާރި ވީމަ ގެންދާނީ