މިއަދު ފާހަގަކުރަމުންދާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ އަންހެނުންނަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު އަލީ ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "އަންހެނުންގެ ދުވަހުގެ ތަހުނިޔާ އަންހެންވެރީންނަށް އަރިސްކުރަން،" ކަމަށެވެ. އޭގެ އިތުރުން މިނިސްޓަރ ވިދާޅުވެފައިވަނީ ތަޢުލީމީދާއިރާގައި ވަރަށްގިނަ އަންހެނުން ހަރަކާތްތެރިވަމުން ގެންދަވާ ކަމަށާއި އެބޭފުޅުންނަކީ ޢިލްމާއި ޙިލްމާއެކު ޢަމަލީ ގޮތުން މަސައްކަތް ކުރައްވައިގެން މުޖުތަމައަށް އެދެވޭ ބަދަލު ގެންނަވަން މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށެވެ. އެހެން ކަމުން އެފަރާތްތަކަށް އެކަމަނާ ވަނީ ޝުކުރު އަދާ ކުރައްވައިފިއެވެ.

"ޢިލްމާއި ހިލްމާއި، ހިތްވަރާއި ބުރަ މަސައްކަތުން މުޖުތަމަޢަށް އެދެވޭ ބަދަލެއް ގެނައުމަށްޓަކައި ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ އަންހެންވެރީންގެ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދަންނަވަން،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.