އައްޑޫ ސިޓީން އިތުރު 25 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އޭއީއެޗުން ވިދާޅުވެފައިވަނީ އަލަށް ޕޮޒިޓިވްވި 25 މީހުންނަކީ ވެސް ދިވެހީން ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ހިތަދޫން ޕޮޒިިޓިވްވެފައިވަނީ 15 މީހެކެވެ. މަރަދޫން ޕޮޒިޓިވްވީ 6 މީހެކެވެ. މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ، މީދޫ މިއިން ކޮންމެ ރަށަކުން ޕޮޒިޓިވްވެފައި ވަނީ އެކެކެވެ.

އަލަށް ޕޮޒިޓިވްވި 25 މީހުންނާއެކު އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިހާރުވަނީ 7724 އަށް އަރައިފައެވެ. އޭގެތެރެއިން 7368 މީހަކުވަނީ ބަލީން ފަސޭހަވެފައެވެ. އޭގެ ތެރޭގައި މިއަދު ދޫކޮށްލި 39 މީހަކު ހިމެނެއެވެ.

އައްޑޫ ސިޓީގެ އެކްޓިވް ކޭސްތަކުގެ މިހާރުގެ ޖުމްލައަކީ 341 އެވެ. އެއީ ހިތަދޫގައި ތިބި 108 މީހަކާއި މަރަދޫގައި ތިބި 66 މީހަކާއި މަރަދޫފޭދޫގައި ތިބި 22 މީހަކާއި ފޭދޫގައި ތިބި 57 މީހަކާއި ހުޅުދޫގައި 40 މީހަކާއި މީދޫގައި 48 މީހެކެވެ. މި ބަލީގައި އައްޑޫ ސިޓީން މިހާތަނަށ ނިޔާވެފައިވަނީ 16 މީހެކެވެ. އައްޑޫގެ ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދަކީ 46 އެވެ.