މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިހާރުގެ ގަވަރުނަރު އަލީ ހާޝިމްގެ ސޮޔާ އެކު 20ރ. ގެ އާ ނޫޓެއް މިއަދު ނެރެފި އެވެ.

އެމްއެމްއޭ އިން ބުނީ ހާޝިމްގެ ސޮޔާ އެކު 20ރ. ގެ ނޫޓް އަލުން ޗާޕުކުރީ ޗާޕްކުރަން ޖެހޭ ވަރަށް ސްޓޮކް ދަށްވުމުން ކަމަށެވެ. އެ ޗާޕުކޮށްގެން ރާއްޖެ ގެނައީ އޮކްޓޯބަރު 13، 2021 ގަ އެވެ. އާ ނޫޓް ރަސްމީކޮށް ބޭނުން ކުރަން ފެށީ މިއަދުއެވެ.

އާ ނޫޓުގެ ތާރީހަކީ 01 ޖުލައި 2020 ،10 ޛުލްޤަޢިދާ 1441 އެވެ. މި ނޫޓާ އެކު 20ރ. ގެ ކުރީގެ ނޫޓު ވެސް ބޭނުންކުރަމުން ދާނެ އެވެ.

ގަވަރުނަރުކަމާ އަލީ ހާޝިމް ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު 8، 2019 ގައެވެ.