ކެލްސިއަމްއަކީ ހަށިގަނޑުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް މާއްދާއެވެ. އެއީ ކަށި އުފެދި ބޮޑުވަނީ ކެލްސިއަމް ލިބިގެން ކަމަށްވާތީއެވެ. . ހަށިގަނޑަށް ކެލްސިއަމް ނުލިބިއްޖެނަމަ، ހެދި ބޮޑުވުމުގައި މައްސަލަތައް ދިމާވެއެވެ. އެހެންކަމުން ދަރިފުޅު މައިމީހާގެ ބަނޑުގައި ގަރުބަގަތީއް ސުރެ އުފަންވެ، ދުނިޔޭގައި ދިރި ހުރިހާދުވަހަކު ހަށިގަނޑަށް ކެލްސިއަމް ބޭނުންވެއެވެ.

ބައެއް މީހުނަށް ހީވެފައި އޮންނަނީ އެންމެ ގިނައިން ކެލްސިއަމް ލިބެނީ ކިރުން ކަމަށެވެ. ނަމަވެސް ކިރަށްވުރެ ގިނައިން ކެލްސިއަމް ލިބޭ ކާނާގެ ބާވަތްތައްވެސް ހުރެއެވެ.

ޗީޒް

ޗީޒަކީ "ޕްރޮޓީންސް" ކިރުން އުފައްދާ އެއްޗެކެވެ. އެހެންކަމުން އާންމުކޮށް މި ބޯ ކިރަށް ވުރެ ދެގުނަ އިތުރަށް ކެލްސިއަމް އެކުލެވިގެންވެއެވެ. އެހެންކަމުން ކުޑަކުދިންނަށް ކާނާ ތައްޔާރުކުރާއިރު ޗީޒް ހިމެނުމަކީ އެކުދިންނަށް ކެލްސިއަމް ލިއްބައިދޭނެ ގޮތެކެވެ. ވައްތަރު ވައްތަރުގެ ކިރު ނުބޯކުދިންނަށްވެސް ސްޕެގެޓީ، ޕާސްތާ ފަދަ ތަކެތި ހަދާއިރު ޗީޒް އަޅައިގެން ކެއްކިދާނެއެވެ. ނަމަވެސް ބޮޑެތި މީހުން ޗީޒް ކާއިރު ހަށިގަނޑުގެ ބަރުދަން އިތުރު ވާނަމަ، އެކަމަށް ވިސްނަންވާނެއެވެ.

ޔޯގަޓް

ގެރިކިރު ބުއިމުން އެލަޖީ މައްސަލަތައް ކުރިމަތިވާމީހުނަށް ޔޯގަޓް މިއީ ރަނގަޅު ކާނާ އެކެވެ. އަދި ޔޯގަޓްގައި ހަކުރުގެ ބައި މަދުވާނެއެވެ. އަދި ޔޯގަޓަކީ ކާއެއްޗިހި ހަޖަމު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބާވަތެކެވެ. ހަމައެންމެ ކިރަށްވުރެ ގިނައިން ކެލްސިއަމް އެކުލެވިގެންވާ ކާނާއެއްވެސް މެއެވެ.

މާރެހި

މާރެހި ނުވަތަ ކައްޓާއެކު ކެވޭ ކުދި މަހަކީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތައް ލިއްބައިދޭ ކާނާއެކެވެ. ޕޮރޮޓީންސާއި ކެލްސިއަމް ގިނަ އަދަކަށް ލިބޭ ބާވަތެކެވެ. ހަމަ އެހެންމެ ފަސޭހައިން ލިބެންހުންނަ އެއްޗެއްވެސް މެއެވެ.

އަލަމަންޑް

އަލަމަންޑަކީ އަނގަޔަށް މީރު ފައިދާ ގިނަ ބާވަތެކެވެ. ފައިބާ އާއި ކެލްސިއަމް ގިނަ އަދަދަކަށް އެކުލެވޭ ކާނާއެކެވެ. ހަމަ އެހެންމެ ހަށިގަނޑުގެ ކަށި ހެދި ބޮޑުވުމަށާއި ސިކުޑީގެ ދުޅަ ހެޔޮކަންވެސް އިތުރުކޮށްދޭ ކަނާއެކެވެ.

ބީންސް

ތަފާތު ބާވަތްތަކުގެ ބީންސް (ތޮޅި)އަކީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތައް ލިއްބައިދޭ ކަނާއެކެވެ. މީގެތެރޭގައި ބްލެކް ބީން، ވައިޓް ބީންސް، ރެޑް ބީންސް، ވެސް ހިމެނެއެވެ. ބީންސގައި ގިނަ އަދަދަކަށް ކެލްސިއަމް ހިމެނުމުގެ އިތުރަށް ޕްރޮޓީންސް އާއި މިނަރަލްސް އަދި ވިޓަމިންވެސް އެކުލެވިގެން ވެއެވެ.