ބާޒާރުގައި ވިއްކަން ހުންނަ ތާފާތު ވައްތަރުގެ މޫނު ސާފުކުރާ ބާވަތްތައް ނޫނަސް އަމިއްލައަށް ގޭގައިވެސް މިފަދަ ތަކެތި ތައްޔާރުކުރެވިދާނެއެވެ. ގޭތެރެއިން ފަސޭހަކަމާއެކު ލިބެންހުން ބައެއްތަކެތިން މޫނު ސާފުކޮށްދީ، އޮމާންކޮށްދީ، ރޫތައް ފިލުވައިދެއެވެ. އެގޮތުން މޭވާގެތެރެއިން މޫނު ސާފުކޮށްލަން އެންމެ ރަނގަޅު ތިން ބާވާތް ހިމަނައިގެން ތައްޔާރުކުރާ މި ފްރުޓް މާސްކަކީ މޫނު ތާޒާކޮށް އަލިކޮށްދޭނެ މާސްކެކެވެ. މި ފޭސް މާސްކް ތައްޔާރުކުރުމަށް ބޭނުންވަނީ މާމުޔާއި ލުނބޯ އަދި ދޮންކޭލެވެ.

ތައްޔާރުކުރާނެގޮތް

ދޮންކެޔޮވަކެއް ނޮޅާލުމަށްފަހު ސައިސަމުސަލެއްގެ މާމުއި އަދި ސައިސަމުސަލެއްގެ ލުނބޯހުތް ޖަހައިގެން މިކްސަރ ގައި ރަނގަޅަށް ހިމުން ކޮށްލާށެވެ. އެއްގޮތަކަށްވެސް ކުދި އެތިކޮޅު ނުހުންނަވަރަށް (ސުމޫތުކޮށް) ހިމުންކުރަންވާނެއެވެ. ދެން މޫނު ރަނގަޅަށް ދޮވެ ހިއްކާލުމަށްފަހު މި ތައްޔާރުކުރި "ފްރްޓް މާސްކް" އުނގުޅާށެވެ. މޫނާއެކު ކަރުދޮށުގައިވެސް އުނގުޅަން ވާނެއެވެ. މި މާސްކް އުނގުޅުމަށްފަހު 20 މިނެޓް ބަހައްޓާލާށެވެ. ދެން ފެންފޮދަކުން ދޮވެލާށެވެ. މިއީ އަވިން ހަންގަނޑު އަނދާފައި ހުންނަތަންތަންވެސް އަލިކޮށްދީ ހަންގަނޑު އޮމާން ކޮށްދޭނެ މާސްކެކެވެ. އަވަދި ނެތި އުޅޭ ދިރިއުޅުމުގައިވެސް މަދު ވަގުތު ކޮޅަކުން ފަސޭހައިން ތައްޔާރުކޮށްލެވޭ މި މާސްކަކީ ތެޔޮކޮށް ހުންނަ ހަމަށްވެސް ތާޒާކަމާއި ނަލަކަން ގެނެސްދޭނެ މާސްކެކެވެ.