މިއަދު ރާއްޖެއިން ޓެސްޓްކުރި 2،049 ކޮވިޑް ސާމްޕަލްގެ ތެރެއިން 325 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗުޕީއޭއިން ހާމަކޮށްފިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވީ 26 މީހެކެވެ. ރަށްރަށުން ޕޮޒިޓިވްވީ 279 މީހެކެވެ. ރިސޯޓުތަކުން ޕޮޒިޓިވްވީ 13 މީހެކެވެ.

މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވީ 173،991 މީހެކެވެ. އޭގެތެރެއިން 159،387 މީހަކުވަނީ ބަލީން ފަސޭހަވެފައެވެ. ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ މިހާރުގެ ޖުމްލައަކީ 14،294 އެވެ. މިބަލީގައި އެޑުމިޓްކޮށްގެން މިހާރު ފަރުވާދެމުން ގެންދަނީ 14 މީހަކަށެވެ. ބަލީގައި ނިޔާވެފައިވާ މީހުންގެ ޖުމްލައަކީ 297 އެވެ.