އުތުރު ތިލަފަޅުގެ 100 ޕަސެންޓް ކޮންޓްރޯލް އޮތީ އިންޑިއާގެ އަތުގައި ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގައި މިއަދު މަހިބަދޫގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް، ބުރޫއަރާ އެތައްކަމެއް އަމިއްލަ އަތުން ދޫކޮށް، ކަރުމަޅި އެޅިފައިވާ އިރު، މިއަދު ރާއްޖޭގެ ކޮންޓްރޯލް އޮތީ ރައީސް އޮފީހާއި ޖެހިގެން އިން ތަނެއްގައި ކަމަށެވެ.

"ރައީސް ޔާމީން ވިދާޅުވީ ރައީސް އޮފީހާއި ޖެހިގެން އިންނަ އިންޑިއާ އެމްބަސީން މިއަދު ނެރޭ ބަޔާންތަކާއި އަންގާ ގޮތަކަށް ނޫންގޮތަކަށް ޤައުމު ހިންގުމެ އެއްވެސް ބާރެއް ރައީސަށް ނެތް." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަ ކުރުމަށް ކަމަށެވެ. އެކަން ނުކޮށް ޤާނޫނާއި ޚިލާފަށް އިންޑިއާ ސިފައިން މިޤައުމުގައި ތިބިހާ ހިނދަކު އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރާނެ ކަމަށެވެ.

ހަމަމިއާއެކު މިއެގްރީމަންޓުތައް މިއަދު ދިފާޢު ކުރަނީ މިކަމުން ސަލާމަތް ވާނެ ގޮތެއް ނެތުމުންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.