ދިވެހިރާއްޖޭގައި ޓޫރިޒަމް ފެށިތާ 50 އަހަރު ފުރުން ފާހަގަކުރާ މުނާސަބާތާ ގުުޅުވައިގެން ހެދި "ނަލަނަލަ ރާއްޖެ" ވީޑިއޯ ލަވަ ރަސްމީކޮށް މިރޭ އިފްތިތާހު ކޮށްފިއެވެ.

މިއީ މިނިސްޓްރީ އޮފް ޓޫރިޒަމާއި މިއުޒިކް ޔޫނިއަން މޯލްޑިވްސް ގުޅިގެން ތައްޔާރުކުރި ލަވައެކެވެ. ލަވަ އިިފްތިތާހުކުރުން އޮތީ ސޯޝަލް ސެންޓަރުގައެވެ. އިފްތިތާހު ކޮށްދެއްވީ މިޔުޒިކްގެ ދާއިރާގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ފަންނާނުން ކަމަށްވާ އަޙްމަދު މާޖިދު (މެޒޯ މުހައްމަދު) އާއި އަބްދުލް ރަޝީދު (އަބްސީ) އާއި ނިޝް ނާޝިދެވެ.