2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އުމަރު ނަސީރު "ވާމް އަޕް" އިވެންޓު ފައްޓަވައިފިއެވެ.

މި އިވެންޓުގައި ޢުމަރު ވިދާޅުވީ ރާއްޖޭގައި މިވީ އަހަރުތަކުގެ ތެރޭގައި ފާހަގަވެފައިވާ ބޮޑެތި ހުރިހާ މައްސަލައެއް ހުރިހާ ވެރިކަމެއް ނިމި އާވެރިކަންތައް ފަށާއިރުވެސް ހުރީ ހުރި ގޮތަށް ކަމަށެވެ.

މިއިން ކަމަކަށް މިހާތަނަށް އެއްވެސް ހައްލެއް ހޯދިފައި ނުވާކަމަށާއި ނަމަވެސް މިކަމުގެ ހައްލު އެބައޮތްކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތައް އޮތް ހައްލަކީ އޭނާކަމަށާއި 2023 ގެ ރިޔާސީ އިންތިޚާބުގައި، އޭނާ ވާދަކުރަނީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަަށް ކަމަށެވެ. އަދި އެކަން ހަގީގަތަކަށް ހަދާނީ ވެސް އޭނާކަމަށް ވިދާޅުވިއެވެ.

އުމަރު ވަނީ އޭނާގެ ސިޔާސަތުތައް މިޖަލްސާގައި ބައިވެރިވި މީހުންނާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި އޮތް އެންމެ ބޮޑު އެއްމައްސަލަ ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް ގެންގުޅުއްވާ ސިޔާސަތު އުމަރުވަނީ ހިއްސާ ކުރައްވާފައެވެ.

އުމަރު ވިދާޅުވީ މަސްތުވަތަކެތި ހުއްޓުވެނީ އެކަމުގެ އެންމެ ފުރަތަމަ މަގު ބަންދު ވެގެންކަމަށެވެ. އެއީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހާ ހުއްޓުވިގެންކަމަށެވެ.