މާލޭގެ ބައެއް ސަރަހައްދު ތަކުން މިއަދު ކަރަންޓު ކެނޑުމަކީ އެކަށީގެންވ ކަމެއް ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

އެކުންފުނީން ވިދާޅުވެފައިވަނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް މާފަންނުގެ ޖަންބުމަގާއި، އަސަރީ ހިނގުމާއި މިރިޔާސްމަގު ހިމެނޭ ސަރަހައްދުގައި ކުރިއަށް ދާނޭ ކަމަށެވެ. އެމަސައްކަތް ކުރިއަށްދާނީ މިއަދު މެންދުރު ފަހު 14:00 އިން 15:30 އަށް ކަމަށް ވިދާޅުވެފައިވެއެވެ. މަސައްކަތް ހިނގަމުންދާ ވަގުތު އެސަރަހައްދު ތަކުން "ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް،" އެކުންފުނީން ވިދާޅުވެފައިވެއެވެ.

މިއަދު ހެނދުނު 10:00 އިން 11:30 އަށް ހެންވޭރުގެ ޖަނަވަރީ ހިނގުމާއި، އަމީނީމަގު އަދި ބުރުޒުމަގުގެ އިތުރުން ލޮނުޒިޔާރަތްމަގު ހިމެނޭ ސަރަހައްދުގައި ވެސް ސްޓެލްކޯއިން ވަނީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތް ތަކެއް ކުރައްވައިފައެވެ.