ސްޓެލްކޯގެ މެނޭޖިންޑިރެކްޓަރ (އެމްޑީ) ކަމާ އަލަށް ޙަވާލުވެ ވަޑައިގެންނެވި އަޙުމަދު ޝަރީފް އާދަމް މާލޭ ސަރަހައްދުގެ ތިން އިންޖީނުގެއަކަށް މިއަދު ވަޑައިގެން އެތަންތަނުގެ ޙާލަތު ބައްލަވާލައްވައިފިއެވެ.

ކުންފުނީގެ އިސްވެރިންނާއެކު ވިލިމާލޭގެ އިންޖީނުގެއަށް ވަޑައިގެން ޝަރީފް ވަނީ އެތަނުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި އެމްޑީވަނީ މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި، ގޮންޖެހުންތައް އޮޅުން ފިލުއްވާފައެވެ.

މީގެ އިތުރުން އެމްޑީވަނީ ތިލަފުށީ އިންޖީނުގެއަށް ވަޑައިގެން އެތަނުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވައި އެމީހުންނަށް ދިމާވާ ދަތިކަން އޮޅުފިލުއްވައިފައެވެ.

ޝަރީފް ވަނީ ކ.ގުޅީފަޅު އިންޖީނުގެއަށް ވެސް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވައި ކަންކަމާބެހޭ ގޮތުން މުވައްޒަފުނާ ވާހަކަދައްކަވައިފައެވެ. އޭނާ ވަނީ މަސައްކަތް ކުރުމުގައި އެތަނުގެ މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް އޮޅުންފިލުއްވާފައެވެ. އެމްޑީ މީގެ ކުރިން ވަނީ ގާފަރަށާއި ކާށިދުއަށް ވަޑައިގެން އެރަށްރަށުގެ އިންޖީނުގޭގެ ހާލަތު ބައްލަވައިފައެވެ.