މިއަދު ރާއްޖެއިން ޓެސްޓްކުރި 1667 ކޮވިޑް ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 204 ސާމްޕަލް ކަމަށް އެޗުޕީއޭއިން ވިދާޅުވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވީ 14 މީހެކެވެ. ރަށްރަށުން ޕޮޒިޓިވްވީ 171 މީހެކެވެ. ރިސޯޓުތަކުން ޕޮޒިޓިވްވީ 14 މީހެކެވެ.

މިއަދު ޕޮޒިޓިވްވި 204 މީހުން ހިމަނައިގެން މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވެފައިވާ މީހުންގެ ޖުމްލައަކީ 174،367 މީހެކެވެ. އޭގެތެރެއިން 161،537 މީހަކުވަނީ ބަލީން ފަސޭހަވެފައެވެ. ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ މިހާރުގެ ޖުމްލައަކީ 12،520 އެވެ. މިބަލީގައި އެޑުމިޓްކޮށްގެން މިހާރު ފަރުވާދެމުން ގެންދަނީ 4 މީހަކަށެވެ. ބަލީގައި ނިޔާވެފައިވާ މީހުންގެ ޖުމްލައަކީ 297 އެވެ.