އަސްކަރީ ތަމްރީނުތަކަކީ ބުރަ އަދި ރިސްކުހިމެނޭ ތަމްރީނުތަކެއް ކަމަށާއި، އެފަދަ ތަމްރީނުތަކަށް ނެގޭ ސިފައިންނަކީ، ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހެދުމަށްފަހު ޓްރެއިނިންގތަކުގައި ބައިވެރި ކުރެވޭ ސިފައިންން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން މިހެން ވިދާޅުވީ ތަމްރީން ތަކެއްގައި ތިން ކުއްޖަކަށް މެޑިކަލް މައްސަލަތަކެއް ދިމާވުމުންނެވެ. މައްސަލަ ދިމާވި ކުދިންގެ ތެރެއިން އެއްކުއްޖަކު ވަނީ ނިޔާވެފައެވެ. ދެވަނަ ކުއްޖަކަށް އައިސީޔޫ ގައި ދަނީ ފަރުވާ ދެމުންނެވެ. އަނެއް ކުއްޖާއަށް ފަރުވާ ދެމުން ގެންދަނީ އެޑްމިޓްކޮށްގެންނެވެ. މިއީ އެމްއެންޑީއެފް އިން ކަންބޮޑުވެ ހިތާމަ ކުރާކަމެއް ކަމަށް އެތަނުން ވިދާޅުވިއެވެ. އެހެން ކަމުން މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކާ އެކިދާއިރާތަކުގެ އެކްސްޕާޓުން ހިމެނަގައި ވަނީ ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފަށައިފައި ކަަމަ އެމްއެންޑީއެފުން ވިދާޅުވިއެވެ. މިކަންކަމާއި ގުޅޭގޮތުން އިތުރަށް އެއްޗެއް ދަންނަވަންއެނގޭނީ ކޮމިޓީގެ މަސައްކަތް ނިމުމުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.