އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުގެ ވިޔަފާރި ޓްރޭޑް ސެންޓަރަށް ބަދަލުކުރަން ނިންމައިފިއެވެ.
އެސްޓީއޯ އިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ މިއަދު ހަވީރު 18:00 އިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ވިޔަފާރި ބަންދުވާނެ ކަމަށެވެ.
އެތަނުން ދެމުން ދިޔަ ހިދުމަތްތައް ބުދަ ދުވަހުން ފެށިގެން ލިބޭނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ކަމަށާއި އެކަމަކު "އީ-ސްޓޯރް" މެދުވެރިކޮށް ކަސްޓަމަރުންނަށް ވިޔަފާރި ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
އެކަމުގެ ސަބަބުން ކަސްްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ވެސް އެސްޓީއޯގެ އިއުލާނުގައި ބުނެފައިވެއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރމާޓް މަރާމާތަށް ބަންދުކޮށްފައިވާ އިރު، އެތަން ހުޅުވުމަށް ނިންމާފައިވަނީ ބޮޑު ބަދަލަކާއެކުގައެވެ.
މިމަސް ތެރޭގައި ހުޅުވުމަށް އަމާޒު ހިފާފައިވާއިރު، އަލަށް ހުޅުވާއިރު އެ ފިހާރާގައި ރާއްޖޭގެ މަޝްހޫރު ކުންފުނިތަކުގެ މުދާ ވިއްކާނެ ކަމަށް ވަނީ ބުނެފައެވެ. އޭގެތެރޭގައި އާއްމު މުދާ ވިއްކާ ކުންފުނިތަކާއި އިލެކްޓްރޯނިކްސް ސާމާނު ވިއްކާ މަޝްހޫރު ކުންފުނިތައް ވެސް ހިމެނޭނެ ކަމަށް ބުނެފައިވެއެވެ.