ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއަށް 3000 މުސްޙަފު ހަދިޔާ ކުރައްވައިފިއެވެ. މުސްޙަފްތައް ހަވާލުކޮށްދެއްވީ ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މެތްރެކް އަލްދޮސާރީ އެވެ.

މި މުސްޙަފްތަކުގެ ތެރޭގައި ހިމެނެނީ 2 ސައިޒެކެވެ. އެއީ އާއްމުކޮށް ހުންނަ އަކުރުތައް ކުދި މުސްޙަފާއި އަކުރުބޮޑެތި މުސްޙަފެވެ. މުސްޙަފް ބޭނުންވާ ފަރާތްތަަކަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން މުސްޙަފް ދޫކުރަމުން ގެންދާނޭ ކަމަށް މިނިސްޓްރީންވިދާޅުވެފައިވެއެވެ.

ސަޢުދީ ޢަރަބިޔާ އަކީ ރާއްޖެއަށް އަބަދުވެސް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށް ދެއްވަމުން ގެންދަވާ ރާއްޖެއާ ވަރަށް މިތުރުވެރި ގައުމެކެވެ.