ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ޓެސްޓްކުރި 2،103 ކޮވިޑް ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 291 ސާމްޕަލް ކަމަށް އެޗުޕީއޭއިން ވިދާޅުވެއްޖެއެވެ. ޓެސްޓު ކުރި 2،103 ސާމްޕަލްތަކުގެ ތެރެއިން މާލޭ ސަރަހައްދުން ނަގާފައިވަނީ 341 ސާމްޕަލެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވީ 44 މީހެކެވެ. ރަށްރަށުން ޕޮޒިޓިވްވީ 229 މީހެކެވެ. ރިސޯޓުތަކުން ޕޮޒިޓިވްވީ 11 މީހަކު ކަމަށް އެޗުޕީއޭއިން ހާމަކުރައްވާފައިވެއެވެ.

މިއަދު ޕޮޒިޓިވްވި 291 މީހުންނާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވެފައިވަނީ ޖުމްލަ 174،658 މީހެކެވެ. އޭގެތެރެއިން 163،687 މީހަކުވަނީ ބަލީން ފަސޭހަވެފައެވެ.

ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ ޖުމްލައަކީ 10،661 އެވެ. މިބަލީގައި އެޑުމިޓްކޮށްގެން މިހާރު ފަރުވާދެމުން ގެންދަނީ 4 މީހަކަށެވެ. ބަލީގައި ނިޔާވެފައިވާ މީހުންގެ ޖުމްލައަކީ 297 އެވެ.