އައްޑޫ ސިޓީން އިތުރު 44 މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮޒިޓިވްވި އެންމެންނަކީ ވެސް ދިވެހީންނެވެ.

މިއަދު އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫން ޕޮޒިޓިވްވި 24 މީހަކާއި މަރަދޫން ޕޮޒިޓިވްވި 5 މީހަކާއި ފޭދޫން ޕޮޒިޓިވްވި 4 މީހަކާއި ހުޅުދޫން ޕޮޒިޓިވްވި 3 މީހަކާއި މީދޫން ޕޮޒިޓިވްވި 8 މީހެކެވެ.

މިއަދަދާއެކު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ ޖުމްލަ 344 އަށް އަރައިފައެވެ. އެއީ:

ހިތަދޫ 112

މަރަދޫ 70

މަރަދޫފޭދޫ 20

ފޭދޫ 54

ހުޅުދޫ 44

މީދޫ 44

މިހާތަނަށް އައްޑޫއިން ވަނީ 7854 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 7494 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. ބަލީން ފަސޭހަ ވެގެން މިއަދު ދޫކޮށްލީ 39 މީހެކެވެ. މިބަލީގައި އައްޑޫއިން ވަނީ 16 މީހަކު ނިޔާވެފައެވެ.