ކަނޑުމަތިން 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުން ބުނެފައިވަނީ، ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ކަނޑުމަތީގައި ރޭ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާއެކު، އިންޑިއާގެ 37 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށެވެ.

ފުލުހުން ބުނެފައިވަނީ ހައްޔަރު ކޮށްފައިވާ އިންޑިއާގެ މީހާއަކީ މީގެކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެފަހަރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މިމައްސަލަ އިތުރަށް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.